މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ، މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށާއި، އެއީ ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

އެހެން ނަމަވެސް އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކަމަށްވެސް ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ވަނީ ފެނުގެ ޕްރެޝަރު ދަށް ވާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.