ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗުގައި ނަގާ ލަކީޑްރޯއަކުން ހޮވޭ ދެ ސަޕޯޓަރަކަށް މި މަހު 23-29 އަށް ބަންގުލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ މެޗެއް ބަލައިލުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.
މިހާތަނަށް ގައުމީ ވޮލީ ޓީމުން ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ދެމެޗު ކުޅެފައިވާ އިރު، އެ ދެމެޗުވެސް ކާމިޔާބުކުރީ ރާއްޖޭގެ ވޮލީ ޓީމުންނެވެ. އެ ދެމެޗުންވެސް ރާއްޖޭގެ ގައުމީ ޓީމު ވަނީ 3-1 ސެޓުން މޮޅުވެފައެވެ. މިއަދު ހަވީރުގެ މެޗު ފަށާނީ 16:30 ގައެވެ.
މިއަދުގެ މެޗު ބަލަން ވަންނަ ސަޕޯޓަރުންނަށް ވައުޗަރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ވައުޗަރު ފޮއްޓަށް ލުމުން ގުރުގައި ބައިވެރިވެވޭނެއެވެ.
ގުރުއަތުލުމުން ހޮވޭ ދެ ސަޕޯޓަރަކު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ޓީމު ކުޅޭ މެޗެއް ބަލައިލުމަށް ބަންގްލަދޭޝަށް ދިއުމުގެ ދެކޮޅު ޓިކެޓް ދޭނެއެވެ.
ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ޓީމުން ވަނީ މި މަހު ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ވެސް މާލޭގައި ތިން މެޗެއް ކުޅެފައެވެ. އެ ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް