އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން މިއަދު ހަވީރު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށް ބުނެ އެކަން ހުއްޓުވައިފިއެވެ.
ވެހިކަލް ބުރު ފަށަން ކައިރިވެފައިވަނިކޮށް ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވެހިކަލް ބުރުގެ ތެރެއިން ހިންގަން ރާވާފައިވާ ހަމަނުޖެހުންތަކަކީ އެކަމުގެ ސަބަބުން ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމަށެވެ.
އަދި އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އަދި އެހެނިހެން ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށްވާ ގާނޫނީ ޒިންމާއެއް ކަމުން އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެ ފަދަ ގޮތަކަށް ވެހިކަލް ބުރު ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނެ ކަމަށްވެސް ބުންޏެވެ.
މި ބަޔާނާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ވެހިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވާފައިނުވާނެ ކަމަށެވެ. އަދި އިދިކޮޅުން މިހާތަނަށް ބޭއްވި އެއްވެސް ވެހިކަލް ބުރެއްގައި އެފަދަ އަމަލެއް ހިންގާފައިނުވާނެ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުން އޮތީ ވަރަށް ބޮޑަށް އިންޑިއާ ދަށުވެފައި، ސަރުކާރުން އަމަލުކުރަނީ އިންޑިއާއިން ބުނާ ގޮތަކަށް،" ހީނާ ވިދާޅުވިއެވެ.
ސައިކަލު ބުރު ހުއްޓުވާނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދިން ނަމަވެސް، އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމައި ޕީޕީއެމް އޮފީސް ކުރިމައްޗަށް ގިނަ ބަޔަކު ވަނީ އެއްވެފައެވެ. ނަމަވެސް ބުރިޖު ޕްލެޓްފޯމާ ދިމާލުން ފުލުހުން ވަނީ ބެރިކޭޑް ޖަހައި މަގު ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދުގައި ޝިލްޑާއެކު އެސްއޯ ފުލުހުންވެސް އެބަ ތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު