ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގާނެ ގޮތް މިހާރު މި އޮތް ސަރުކާރުގެ ބޭފުޅުންނަށް އެނގޭ މިންވަރަށް އެނގޭނެ އެހެން ބަޔަކު ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބޭރު މީހުން ލައިގެން ހިންގަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މަބްރޫކް ރޭ ވިދާޅުވީ އިދިކޮޅުން އެންމެ ގަދައަށް ދައްކަމުން އަންނަނީ، އެމްއޭސީއެލްގެ ވާހަކަ ކަމަށާއި ނަމަވެސް އެމްއޭސީއެލް ފަދަ ކުންފުނިތައް އިތުރަށް ހަރުދަނާ ކުރުމަށް ބައެއް ފަހަރު ބޭރުގެ ފަރާތްތަކުގެ އެހީ ހޯދާ ކަމަށެވެ. ނަމަވެސް އެމްއޭސީއެލްގެ މެނޭޖްމަންޓްގައި މިހާރު ވެސް ގިނައީ ދިވެހިން ކަމަށެވެ.
"އަޅުގަނޑު ހަމަގައިމު ވެސް ހަނދާން ހުރޭ ރާއްޖޭގެ އެހެން ޕާޓީއެއްގެ ވެރިޔަކު, މިކަން އަޅުގަނޑުމެންނަށް އެންމެ އަމާޒުކުރާ ޕާޓީގެ ވެރިން ވާހަކަދެއްކެވި ހަނދާން އެމްއޭސީއެލް ދިވެހިން ލައިގެން ނުހިންގޭނެ ކަމަށް." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، މިފްކޯއަށް އެންމެ ގިނައިން މަސްކިރި އަހަރަކީ މި އަހަރު ކަމަށާއި އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާ ދެމުން ވެސް އައީ ހަމަ މި ސަރުކާރުގެ ތެރޭގައި ކަމަށެވެ. އަދި މި ތިން އަހަރު ނޫނީ ފެނަކައަށް ފައިދާވި އަހަރެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން މަދު ޕްރޮޖެކްޓުތަކެއް ހިންގަމުން އައި އެމްޓީސީސީއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑެތި ތަރައްގީގެ މަޝްރޫއުއް ހިންގަމުންދާ ކުންފުނިކަމަށާއި އެމްޑަބުލިޔުއެސްސީ އަކީ އެންމެ ގިނަ ނަން ޔުޓިލިޓީ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ ކުންފުނިކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގާނެ ގޮތާއި ދިވެހިންނަށް ހިންގޭނެ ކަމާއި މި ސަރުކާރަށްވުރެ ބޮޑަށް އެނގޭ ބަޔަކު އަޅުގަނޑަކަށް ހިއެއް ނުވޭ ތިބޭނެހެނެއް" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ތެރެއަށް ދިވެހިން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަން ރާއްޖެއިން ބޭރުގެ މީހުން ލަނީ އެކުންފުނިތައް ވިއްކާލަން ފަސޭހައަކަށް ކަމަށް ތުހުމަތު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު