ފުލުހުން ހިންގި އޮޕަރޭޝަނުގައި 48 ގަޑި އިރުތެރޭ 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މިއީ އާދީއްތަ ދުވަހުގެ ރޭ މާލޭ މަގުމަތިން ހުއްޓުވި ޓެކްސީން ފެނުނު މަސްތުވާތަކެއްޗާ ގުޅުން ހުރި ތަކެއްޗެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ 48 ގަޑިއިރު ތެރޭ 119 ޕެކެޓް ޑްރަގްސް ހޯދާފައިވާ ކަމަށާއި މީގެ ބަރުދަނުގައި ގާތްގަނޑަކަށް 119 ކިލޯ ހުންނާނެ ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ޓީމުން ކާމިޔާބުކަމާ އެކު މިދިޔަ 48 ގަޑިއިރު ތެރޭ މަސައްކަތްކޮށް، ހެރޮއިން ކަމަށް ބެލެވޭ އެއްޗެހި ހުރި އިތުރު 91 ޕެކެޓްގެ ޑްރަގްސް ހޯދާފައިވާ ކަމަށެވެ. މިއާ އެކު މިހާތަނަށް ފެނުނު ޕެކެޓްގެ އަދަދު ވަނީ 119 އަށް އަރާފައި ކަމަށާއި އާދީއްތަ ދުވަހުގެ ރޭ އަތުލި 28 ޕެކެޓާ އެކު މިހާރު ހުރި ތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 119 ކިލޯ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި 91 ޕެކެޓު ޑުރަގްސް ހޯދާފައިވަނީ ހުޅުމާލޭގައި ޕާކް ކޮށްފައި އޮތް ކާރެއްގެ ޑިކީ ތެރެއިންނެވެ. އަދި މިކަމާ ގުޅިގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިހާރުވެސް ކުރިޔަށް އެބަ ގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު