ރ. ދުވާފަރު ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 57 ޕަސެންޓު ނިންމާލައިފިއެވެ.
އެމްޓީސީސީން ދުވާފަރުގައި ހިންގާ މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ އިތުރުން އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.
އެމްޓީސީސީން މިއަދު ބުނީ، ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 17،790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 4،960 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެ މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު