ބ. އޭދަފުށީ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު މަރުވެ މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 258 އަކަށަ އަރައިފި އެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑު މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މިއަދު ހެނދުނު 6:35 ގައި މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ ބ. ދޮންފަނު އުމުރުން 80 އަހަރުގެ އަންހެނެކެވެ.
ކޮވިޑުގައި މިއަދު މީހަކު މަރުވެފައިވާއިރު އައްޑޫސިޓީން އިއްޔެ ވަނީ މި ބަލީގައި މީހަކު މަރުވެފަ އެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 258 އަކަށް އަރައިފަ އެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 241 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު