ތ ތިމަރަފުށީގައި މަސްތުގެ ހާލަތުގައި ހުރި އަންހެނަކު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ގެސްޓްހައުސަށް ގެއްލުންދީފިއެވެ.
އެރަށު ކައުންސިލް ރައީސް އިސްމާއިލް އިބްރާހީމް މިއަދު "ވަން" އަށް ވިދާޅުވީ ރޭ ދަންވަރު ގާތްގަނޑަކަށް 12:30 ހާއިރު މަސްތުގެ ހާލަތުގައި ހުރި އަންހެނަކު އަބްދުﷲ ރިޔާޒްގެ ގެސްޓްހައުސް، "މިކަޑޫ ސްޓޭ" އަށް ގެއްލުންދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގެސްޓްހައުސަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ނަމަވެސް ގެސްޓްހައުސް ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން އެތަނުގައި ޕާކުކޮށްފައި އޮތް ވޭނެއްގެ ބިއްލޫރިގަނޑު ތަޅާލައި، ސައިކަލަކަށްވެސް އެކިވަރުގެ ގެއްލުންތައް ދީފައިވާ ކަމަށެވެ.
"ޕޮލިހުން ބުނަނީ އެ އަންހެން މީހާއަކީ ސިކުނޑީ މައްސަލައެއް ހުންނަ މީހެއް ކަމަށް، އެހެންވެ ހައްޔަރު ކުރެވެން ނެތީ. ދެން ޖެންޑާއިން ބުނަނީ ރަށުގައި މިވަގުތު ނަފުސާނީ ބަލިތަކާބެހޭ ހާއްސަ ޑޮކްޓަރެއް ނެތުމުންނާއި އޭނާގެ ރިޕޯޓެއް ނެތުމުން ޖެންޑާއަށްވެސް އެ އަންހެންމީހާ ހަވާލުކުރެވެން ނެތް ކަމަށް،" އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން "ވަން" އިން ކުރި މަސައްކަތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު