އައްޑޫ ސިޓީގެ ހުޅުމީދޫ އަދި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ހިދުމަތް ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އައްޑޫ ސިޓީގެ ހުޅުމީދޫ އަދި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ހިދުމަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިއަދު ތައާރަފު ކުރި މި ހިދުމަތުގައި ބޭނުން ކުރާ ސައިކަލު ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ދިޔަވަރަށް އަންނަ ބަދަލުތަކާއެކުވެސް ސައިކަލްތައް ފެރީއަށް އެރުވުމަށް ޓަކައި އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ބަހައްޓާފައި ހުންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ސައިކަލް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ހަމަޖައްސާފައިވާއިރު، މި ހިދުމަތުގެ އަގަކީ ސައިކަލަކަށް 20 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު