ދިރާގުން‌ ‌"މަމެން‌" ‌ޑޭޓާ‌ގެ އާ އެޑްއޮންތަކެއް މިއަދު ތައާރަފުކޮށްފިއެވެ.

ދިރާގުން ވަނީ ހަތަރު އެޑްއޮންސް އެއް ތައާރަފުކޮށްފައެވެ. ދިރާގުން މިއަދު ބުނީ މިއީ ކުރު މުއްދަތަކަށް މަމެންގެ އެޑްއޮންސް ނެގޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އަލަށް ހިމަނާފައިވާ އެޑްއޮންސްގެ ތެރޭގައި ހިމެނެނީ އެއީ 24 ގަޑިއިރަށް ބޭނުންކުރެވޭ އެއް ޖީބީ އެޑްއޮންއަކާއި ފަސް ދުވަހަށް ބޭނުންކުރެވޭ ދެ ޖީބީ އާއި ހަފުތާއަކަށް ބޭނުން ކުރެވޭ ހަތަރު ޖީބީ އަދި މަސް ދުވަހަށް ބޭނުން ކުރެވޭ 20 ޖީބީ އެޑްއޯންއެވެ.

މީގެ ތެރެއިން ދެ ޖީބީ އާއި 20 ޖީބީ އެޑްއޮން އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ވަޓްސްއެޕާއި ވައިބާ އާއި ޓެލެގްރާމާއި މެސެންޖާ އަދި ވީޗެޓު ހިލޭ ބޭނުން ކުރެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފު ކުރި، އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭނަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދާފައިވާ އެޕެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

މި އެޑްއޮންތައް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މަމެން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ. މި އެޕްލިކޭޝަން އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ.