މާލޭގެ ސްކޫލެއްގައި ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ މާލޭ ސްކޫލެއްގައި ކުއްޖަކަށް ބުލީކޮށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަނުކޮށް އޭނާ ވިދާޅުވީ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވި ކުއްޖާ އަމިއްލަ ނަފުސަށް ގެއްލުން ދިނުމުން މިވަގުތު މާލޭގެ ހޮސްޕިޓަލެއްގައި އަންނަނީ ފަރުވާދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު