ތާޖުއްދީން ސްކޫލުގެ ސްޓާފް ރޫމް ފަޅާލައި ހަތް ޓެބްލެޓާއި ދަބަހެއް ވަގަަށް ނަގައިފިއެވެ.

ތާޖުއްދީން ސްކޫލުގެ ސްޓާފް ރޫމް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު 10:28 ހާއިރުއެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވަނީ ހަތް ޓެބްލެޓާއި ހޭންޑް ބޭގެއް ކަމަށެވެ. އަދި ވަގަށް ނެގި ތަކެތި މާލޭގެ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި ސީސީޓީވީ ކެމެރާގެ އެހީގައި އެތަކެތި ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.