އެމްއެންޑީއެފް ކޯސްޓްގާޑާއެކު އެމެރިކާގެ ކޯސްޓްގާޑުގެ އިންޓަނޭޝަނަލް ޕޯޓް ސެކިއުރިޓީ ސްޕެޝަލިސްޓުން މިއަދު މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކޮށްފިއެވެ.
އެމްޕީއެލުން މިއަދު ބުނީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އެމެރިކާގެ ކޯސްޓްގާޑުން މިއަދު ވިޔަފާރި ބަނދަރަށް ޒިޔާރަތްކޮށްފައިވަނީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ (އައިއެސްޕީއެސް) ރެކޮމެންޑޭޝަންތައް ބަލައި، ކުރިން ހެދި އެސެސްމަންޓުތަކަކަށް އަމަލުކުރޭތޯ ބެލުމަށް ކަމަށެވެ.
މި ޓީމުން ޕޯޓުގެ މިހާރުގެ ސެކިއުރިޓީ ސްޓޭޓަސް ބެލުމަށް ޕޯޓުގެ ހުރިހާ ސަރަހައްދަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ބަނދަރުގެ ސެކިއުރިޓީ އާއި ހާބާ ވޯޓާސް އަދި ބޯޓުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައިއެސްޕީއެސް ކޯޑާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ މިންވަރާއި ޕޯޓު ސެކިއުރިޓީ ފިޔަވަޅުތައް ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމަށް ޕޯޓުގެ ހުރިހާ ސަރަހައްދަކަށް ޒިޔާރަތް ކުރި ކަމަށް އެމްޕީއެލުން ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރު (އެމްއެޗް) އަކީ އައިއެސްޕީއެސް ކޮމްޕްލިމެންޓްޑް ޕޯޓެއް ކަމަށް އެ ޓީމުން ކަނޑައަޅާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު