ކ. ގިރިފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ އިތުރުން 46 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 145 ދުވަސްތެރޭގައެވެ.