އައްޑޫ ސިޓީ ކައުންސިލްގެ ވަކީލެއްގެ ކާރެއްގައި ރޯކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީގައި ޕާކު ކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލާފައިވާކަމުގެ މައުލޫމާތެއް ރޭ ފަތިހު 4:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އަލިފާން ރޯކޮށްލުމުގެ ސަބަބުން ކާރު ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ އިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލާފައިވަނީ އައްޑޫ ކައުންސިލްގެ ލީގަލް އޮފިސަަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އަބްދުﷲ އިހުސާންގެ ކާރުގައެވެ.