މިއަހަރު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި ރޭތަކުގެ އަދަދު (ބެޑް ނައިޓްސް) 2019 ވަނަ އަހަރަށް ވުރެ އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިފަދައިން ވިދާޅުވީ، މިއަަހަރުގެ ބެޑް ނައިޓްސްގެ އަދަދު ދިހަ މިލިއަނަށް އެރުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަަރަކާތްތެރިވާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެ އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ.
"މިއަހަރުގެ ބެޑް ނައިޓްސްގެ އަދަދު މިވަނީ ދިހަ މިލިއަނަށް އަރާފައި. މި ރޭޓުން ދަނީ ނަމަ، 2019 ވަނަ އަހަރުގެ ބެޑް ނައިޓްސްގެ ރެކޯޑު މިމަހުގެ މެދުތެރޭގައި މުގުރައިލެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ދެހާސް ނަވާރަވަނަ އަަހަރުގެ ބެޑް ނައިޓްސްގެ އަދަދަކީ 10.7 މިލިއަނެވެ.
ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ލަފާކޮށްފައި އޮތީ މިއަހަރު އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވެވުމުން ޓޫރިޒަމް މިނިސްޓްރީގެ މިހާރުގެ އަންދާޒާއަކީ މިއަހަރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު