ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ 16 ދުވަހުގެ ކެމްޕެއިންގެ ދަށުން ކުރު ފިލްމު މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިންގެ ތެރެއިން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް، ފިލްމުގެ ޒަރިއްޔާ އިން އެފަދަ މައުލޫމާތު ދައްކައިދިނުމުގެ މަގުސަދުގައި ބާއްވާ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ކުރު ފިލްމު މުބާރާތުގައި ފިލްމު އުފައްދަން ޖެހޭނީ ވަކި ޝިއާރެއްގެ ދަށުންނެވެ. އެގޮތުން އެ ޝިއާރުތަކަކީ އަނިޔާގެ ސޫރަ، އެންމެން އެކުގައި ތެދުވަމާ، ލޮސްޓް އިން ޓްރާންސްލޭޝަން، އެމީހުންގެ ދުނިޔޭގައި އަހަރެން އަދި އުންމީދަކީ ލޯތްބެވެ.
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ 16 ދުވަހުގެ ޝިއާރަކީ "އޮރެންޖް ދަ ވޯލްޑް އެންޑް ވަޔަލަންސް އެގެއިންސްޓް ވިމެން ނައު" އެވެ.
މި މުބާރާތުގައި ބައިވެރިވުން އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފައިވާ އިރު، މުބާރާތުގައި އެންމެ މޮޅު ތިން ފިލްމު ހޮވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފިލްމަކަށް 10،000 ރުފިޔާ، ދެވަނައަށް ހޮވޭ ފިލްމަކަށް 7500 ރުފިޔާ އަދި ތިންވަނަ ފިލްމަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު