ކާރު ތަކުގައި ދަތުރު ކުރާއިރު، ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސީޓް ބެލްޓު އެޅުން މަޖުބޫރު ކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަމަށް ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ސުވާލު ކުރެއްވުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ހައިތަމް ވިދާޅުވީ، ވަކި ސްޕީޑަކަށްވުރެ ބާރަށް ސައިކަލް ދުއްވާ ނަމަ ހެލްމެޓް އަޅަން މަޖުބޫރު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހަމަ އެގޮތަށް ވަކި ސްޕީޑެއްގައި ކާރު ދުއްވާ އިރު ބެލްޓް އަޅަން މަޖުބޫރު ކުރުމާމެދު ވިސްނަވަންތޯ، މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.
ހައިތަމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ކާރު ތަކުގައި ސީޓުބެލްޓު އެޅުން މަޖުބޫރު ކުރުމާމެދު ކޮންމެވެސް ވަރަކަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ވަކި ގޮތެއް ނުނިންމޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބާރު ސްޕީޑްގައި ދުއްވާ ކާރުތަކުގައި ދަތުރު ކުރާއިރު ސީޓްބެލްޓު އަޅަން ޖެހޭ ކަމަށް ގަބާލު ކުރައްވާ ކަމަށާއި، ހައްސަކޮށް ބްރިޖުމަތިން ދުއްވާއިރު އެކަމަށް ސަމާލު ވާން ޖެހޭ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި ޕޮލިސީ ލެވެލްގައި އެކަމަށް ގޮތެން ނިންވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ