މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ކެންޑިޑެސީ ފޯމު، އެކަމަނާގެ މަންމައާއި ބައްޕަ، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅުއްވައިފިއެވެ.
ނަހުލާގެ ފަރާތުން ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ނަހުލާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީސީން ވަނީ އޭނާގެ ކެންޑިޑެސީ ފޯމު ބަލައިގެންފައި ކަމަށެވެ.
"އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވި، އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނަށް ޝުކުރު އަދާކުރަން،" ނަހުލާ ވިދާޅުވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާނެކަން ނަހުލާ އިއުލާންކުރެއްވީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑު އައިޝަތު ނަހުލާ (އައިޝާ) ކުރިމަތިލުމަށް ނިންމައިފީމެވެ،" ނަހުލާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު