ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން މިއަދު ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އުމުރުން 14 އަހަރުގެ ޝައްފާން މަރާލީ ވަޅިން ހަމަލާދީ 2019 ވަނަ އަހަރެވެ. ޝައްފާނަށް ވަޅިން ހަމަލާދީފައި ވަނީ އަމީރު އަހުމަދު ސްކޫލު ކައިރީ ހުންނަ އޮޓޯގަރާޖު ކުރިމަތިންނެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ވަޅިން ހަމަލާދީފައި ހުއްޓެވެ. އޭނާއަކީ ޖަމާލުއްދީން ސްކޫލް، ގްރޭޑް ހަތެއްގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ.
ޝައްފާނު މަރާލިކަމުގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކުރީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހު, ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި ކ. މާލެ، ޓޮމާޓޯފްލާވާ ހުސެއިން ޖައިލަމަށެވެ.
އައިމަންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ނިހާދު އާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ފުލުހުން ޝައްފާން މަރުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ ޝައްފާން މަރާލި ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.
ކުރިމިނަލް ކޯޓުން މިއަދުކުރި ހުކުމުގައި ބުނީ މައްސަލައިގެ މުހިންމު ހެއްކެއް ދޮގު ހެކިބަސް ދީފައިވާތީ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ފޮރެންސިކް ތަހުލީލުތަކާއި ބައެއް ޝަފަހީ ހެކިންގެ ހެކިބަހަށް ބަލާއިރު އެ މީހުންގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވާ ކަމަށެވެ.
އެ ހަތަރު މީހުންގެ މައްޗަށްވެސް މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ހުކުމް ކުރެއްވީ 21 އަހަރާއި 10 މަހާއި 25 ދުވަހަށް ޖަލަށް ލުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު