ޚަބަރު

އެމްޕީއެލް އިން ސްކޫލްތަކަށް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފި

ރިފާ ހަލީލު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން، ރަށްރަށުގެ ސްކޫލުތަކުގައި ބޭނުންކުރުމަށް ފަސް ކޮމްޕިއުޓަރު ސިސްޓަމް އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާ މިތަކެތި ހަވާލު ކުރީ އެކަމަށް ޓަކައި މިއަދު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ރަސްމިއްޔަަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އެމްޕީއެލްގެ އެހީތެރިކަން ތައުލީމީ ދާއިރާއަށް ލިބުނީ މިއަދު އެކަނި ނޫން ކަމަށާއި ކަމަކަށް އެދި ދަންނަވާ ކޮންމެ ފަހަރަކު އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެ ގޮތުން ސްކޫލްތަކަށް ޓީވީ ހަދިޔާ ކުރުމާއި، ބެލެނިވެރީންގެ ހިޔާ އާއި އެނޫންވެސް އެކި ކަހަލަ އެހީތެރިކަން އެމްޕީއެލް އިން ފޯރުކޮށަދެމުން އަންނަ ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ، ބަޖެޓު ތަން ދިން މިންވަރަކުން ތައުލީމީ ދާއިރާއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.