ޚަބަރު

ބޮއްކުރައެއްގައި ނުކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު ދެ މީހުން ރޭ ފަތިހު ފަޅުރަށަކުން ފެނިއްޖެ

1

ބޮއްކުރައެއްގައި ނުކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު ދެ މީހުން ރޭ ފަތިހު ފަޅުރަށަކުން ފެނިއްޖެ އެވެ.

އެމްއެންޑީއެފް މީޑިއާއިން ރޭ ބުނި ގޮތުގައި، ގދ.މާވަރުލު އާއި ގދ.ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް ޑިންގީއެއްގައި އިއްޔެ ހެނދުނު ދިޔަ ދެ މީހަކު ގެއްލިގެން އެ މައުލޫމާތު ލިބިފައިވަނީ ރޭ 22:03 ހާއިރު އެވެ. ގެއްލުނު ދެމީހުންނަކީ އަބްދުއްރަހީމް 79އ. ޗާންދަނީގެ، ގދ. ގައްދޫ އަދި ހަސަން މަޖުދީ 70އ. ޗަނބޭލީގެ، ގދ. ގައްދޫ އެވެ.

ރޭ ފަތިހު އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުން ދިޔަ ދެ މީހުން ހުޅުމާވަރުލު ކިޔާ ފަޅުރަށެއްގައި ތިއްބައި ފެނިފައިވާ ކަމަށެވެ. އެ މީހުން އެރަށުގައި ތާށިވެފައި ތިބީ، ދިޔަވަރު ހިކިފައި އޮތުމުގެ ސަބަބުން ޑިންގީގައި ނުނިކުމެވިގެން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި އެ ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ހިއްސާ ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހުން ދަތުރުކޮށްފައި ވަނީ ކުޑަވަރެއްގެ އަނގަމަތީ ރިޔަލު ބޮއްކުރައެއްގަ އެވެ. ބޮއްކުރާ ފެނުނު އިރު ވެސް އޮތީ ބީހިފަ އެވެ. އެ ބޮއްކުރާ އޮތް ތަނުގެ މޫދު ތެރޭގައި ހުރީ ކަށިމަތީފެނެވެ. ބީހިފައި އޮތުމުގެ ސަބަބުން ބޮއްކުރާ އޮތީ އަރިވެސް އަޅައިލައިފައެވެ.