އައިޖީއެމްއެޗްގައި ހުރި ފަންޑު ފޮށި ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ފަންޑު ފޮށި ވަގަށް ނެގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:45 އެހާކަންހާއިރު ކަމަށެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ފަންޑް ފޮށީގައި ހުރި ފައިސާގެ އަދަދެއް އަދި ސާފެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަންޑުފޮށި ވަގަށް ނެގުމާ ގުޅިގެން އައިޖީއެމްއެޗަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ނެގި ފަންޑު ފޮށި ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރޭގައި ބަހައްޓާފައި ހުއްޓައި އެތަނުގެ މުވައްޒަފަކަށް ވަނީ ފެނިފައެވެ. ނަމަވެސް މިކަން ފުލުހުން ޔަގީންކޮށްދީފައެއްނުވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ވަގަށް ނަގާފައިވަނީ އައިޖީއެމްއެޗްގެ ރިސެޕްޝަން ކައިރީގައި ބަހައްޓައިފައި ހުރި ފަންޑުފޮއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު