ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ވެމްކޯއިން ބަދަލު ގެންނަން ނިންމައިފިއެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކައިލުމުގެ ހިދުމަތްތަކަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން ހުޅުމާލޭގެ އަވަށްތައް ހިމެނޭގޮތަށް، އިމާރާތުގެ އެތެރެއިން ވަކި ފަންގިފިލާތަކުން ކުނި ނެގުމުގެ ހިދުމަތް އަލުން އިއާދަކޮށްފައިވާ ކަމަށެވެ.
ވެމްކޯއިން ބުނީ ހުޅުމާލެއަށް ގިނަ އަދަދެއްގެ ރައްޔިތުން އާބާދުވަމުން އަންނަ މި ދަނޑިވަޅުގައި އެ ކޯޕަރޭޝަންގެ ހިދުމަތްތައް އިތުރަށް
ބައްޓަންކުރުމަށާއި މަސައްކަތްތައް ރުކުރުވާލުމަށްޓަކައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުނި ނަގާނީ އެ ދުވަހެއްގެ ހަވީރު 6:00 އިން ރޭގަނޑު 11:00 އާ ދެމެދު ކަމަށެވެ.
އެހެންކަމުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވީރު 5:00 އިން ފެށިގެން ތައްޔާރުކޮށްފައިވާ ކުނި ކޮތަޅު ނެގޭނެ އިންތިޒާމު ހަމަޖެއްސުން އެދޭ ކަމަށް ވެމްކޯއިން ބުންޏެވެ،
ވެމްކޯއިން އިތުރަށް ބުނީ، އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތްތަކަކީ ރެޖިސްޓާ ކޮށްފައިވާ އަދި ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ދޭ ހިދުމަތެއް ކަމަށެވެ.
ޚަބަރު
ޚަބަރު