ހިޔާ ފްލެޓުތަކުގެ ސާވޭއެއް ކުރަން އުޅުނު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންތަކަކަށް ގޯނާކޮށް، ސާވޭއަށް ބަޔަކު ހުރަސް އަޅައިފިއެވެ.
އެޗްޑީސީން ބުނީ، ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭ މައުލޫމާތު ހޯދުމާއި އެތަނުގައި ކަނޑައަޅާފައިވާ ގަވައިދުތަކަށް ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމާއި އެ ކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތަކާ ގުޅޭގޮތުން ހިޔާލު ހޯދުމުގެ ސާވޭއެއް މިދިޔަ ހުކުރު ދުވަހު ކުރަމުން ގެންދަނިކޮށް އެ ސަރަހައްދަށް ބަޔަކު ނުކުމެ އެ މަސައްކަތް ކުރަމުން އައި އެ ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ހުރަސް އަޅައި މާރާމާރީ ހިންގަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ، އެ ސާވޭއަކީ ފެލްޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށްވެސް އޭގެ ފައިދާއާއި މަންފާ ކުރާނެ ގޮތަކަށް ރޭވިގެން ކުރިއަށްގެންދާ ސާވޭއެއް ކަމަށެވެ.
"މި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުންނަށް ގޯނާކޮށް މިކަމަށް (ސާވޭ) އަށް ހުރަސް އެޅުމަކީ މި ކޯޕަރޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ..،" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ، އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު