މާލޭގެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ހަތަރު ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ފެން ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅައިލުމުގެ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން ފެން ކަނޑާލާނީ މިރޭ 11:00 އިން ދަންވަރު 4:00 އަށް ކަމަށް އެކުންފުނިން ބުންޏެވެ.

  • ފިލިގަސް މަގާއި ބޮޑުތަކުރުފާނު މަގާ ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން
  • ރޯޝަނީ މަގާއި ވައިލެޓް ހިނގުމާ ދެމެދުން ހިޔަލީ ގޯޅީގައި ހިމެނޭ ހުރިހާ ގޭބިސީއަކުން

އެމްޑަބްލިޔުއެސްސީން ވަނީ ފެނުގެ ހިދުމަތް ކަނޑާލާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަަށް އެދިފައެވެ.