މާލޭގެ މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖެހި މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
މާލޭގައި ހުންނަ އިބްރާހިމް މިސްކިތަށް ވަދެ ހަތިމަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެފަހަރު އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ވަނީ ބަންދަށް ޖަހައިދީފައެވެ. އެފަހުން މިމަހުގެ 20 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފަސް ދުވަހުގެ މުއްދަތު ހަމަވާތީ އިއްޔެ އޭނާ ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ. ކޯޓުގައި ޒިޔާދު ބުނެފައިވަނީ މީގެ ފަހުން އެއްވެސް ކުށެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ޒިޔާދު ތަކުރާރުކޮށް އެއް ބާވަތެއްގެ ކުށެއް ކުރާތީ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތިރުކުރި ތިން ވަނަ ފަހަރެވެ.
ރައީސް އޮފީހާއި އިސްލާމީ މަރުކަޒު އަދި ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލައަކާ ގުޅިގެންވެސް ފުލުހުން ޒިޔާދު ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ ވަނީ ފަހުން ބަންދުން ދޫކޮށްލައިފައެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން ވަނީ އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެ ޕީޖީން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލައިފައެވެ.
މީގެ އިތުރުން އޭނާ މަސްތުގެ ހާލަތުގައި ހުރެ މަގުމަތިންދާ މީހުންނަށް އުނދަގޫ ކުރާ މައްސަލައެއްވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު