ސ. އަތޮޅު މަދަރުސާގެ ޓީޗަރަކު، އެ ސްކޫލުގެ ދަރިވަރުންތަކެއް ކުރިމަތީ ކީރިތި ގުރުއާނަށް ފުރައްސާރަކޮށް، ލާދީނީ ވާހަކަތަކެއް ކިޔައިދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ސ. އަތޮޅު މަދަރުސާގެ ގްރޭޑް 8 ގައި ކިޔަވައިދޭ އިންޑިއާގެ ފިރިހެން ޓީޗަރަކު ވަނީ ކުލާހުގައި ކީރިތި ގުރުއާނަށް ފުރައްސާރަކޮށް، ދަރިވަރުންނަށް ލާދީނީ އެތައް ވާހަކައެއް ކިޔައިދީ، ކަލަކުވާ ކަމާ މެދު ސުވާލު އުފައްދައިފައެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، އެފަދަ ޝަކުވާއެއް އިއްޔެގެ ވަގުތެއްގައި ދަރިވަރެއްގެ ފަރާތުން ސްކޫލަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ސްކޫލުން ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ، އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ބެލުމަށް ފަހު ސްކޫލުން މިނިސްޓްރީއަށް ރިޕޯޓެއް ފޮނުވާނެ ކަމަށާއި، އެ މައްސަލައިގައި ފިޔަވަޅު އަޅާނީ އެ ރިޕޯޓަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ސ. އަތޮޅު މަދަރުސާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު