މޯލްޑިވްސް ސްޓޭޓްޝިޕިން ކުންފުނީގެ އަމިއްލަ ފުރަތަމަ ބޯޓު މުދަލާއެކު ރާއްޖެ އަތުވެއްޖެ އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސްއެސް ގެލީނާ" ފުރަތަމަ ފަހަރަށް މުދަލާއެކު އައުން އެކުންފުނިން މިއަދު ވަނީ ފާހަގަކޮށްފަ އެވެ. އެކަން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އިސްބޭފުޅުންނާއި ޓްރާންސްޕޯޓާއި އެމްޕީއެލްގެ އިސްވެރިންވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެ އައިސްފައިވަނީ ފުލް ކާގޯއާއެކު ކަމަށަ އެސްޓީއޯ އިން ބުންޏެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން އުފައްދާފައިފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ކުންފުނީގެ ފުރަތަމަ ބޯޓު މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ފަސް ވަނަ ދުވަހު ރާއްޖެ ގެނެސް ހިދުމަތް ފަށާފައިވާއިރު ސްރީލަންކާއާ ރާއްޖެއާ ދެމެދު ކޮންމެ ދިހަ ދުވަހަކުން ދަތުރެއް ކުރެއެވެ.
އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ ބޯޓުގެ ކްރޫއިންގެ 99 އިންސައްތައަކީ ދިވެހިންނެވެ. ކޮންމެ ދަތުރެއްގައި އެ ކާގޯ ބޯޓުން ގިނަވެގެން 400 ކޮންޓޭނަރު އުފުލާ ކަމަށް އެ ކުންފުނީން މައުލޫމާތު ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު