މިރެއިން ފެށިގެން ސިނަމާލޭ ބްރިޖުގެ ބައެއް ލޭންތައް ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ ބްރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރަން އޮންނަ ލޭން މިރޭ ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މާދަމާ ރޭ މާލެއިން ހުޅުމާލެއަށް ދަތުރު ކުރަން އޮންނަ ލޭން ބަންދު ވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ ދެ ލޭން ބަންދު ކުރަން ނިންމާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
- މިރޭ 11:30 އިން ފެށިގެން ފަތިހު 5:30 އަށް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ
- މާދަމާ ރޭ 11:20 އިން ފެށިގެން 23 ވަނަ ދުވަހުގެ ފަތިހު 5:30 އަށް މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ
ފުލުހުން ބުނީ ބްރިޖުގެ ލޭންތައް ބަންދުކުރެވޭ ވަގުތުތަކުގައި ހުޅުވާލާފައިވާ ލޭނުން ދެކޮޅަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. އަދި އެކަމުގެ އިރުޝާދުތައް ފުލުހުން ދެމުންގެންދާނެ ކަމަށްވެސް ބުންޏެވެ.
ސިނަމާލެ ބްރިޖުގެ އަހަރީ އިންސްޕެކްޝަނަށް ބްރިޖުގެ ބައެއް ލޭންތައް މީގެ ކުރިންވެސް ބަންދުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު