ޚަބަރު

މިފްކޯ ފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި

ރިފާ ހަލީލު

މިފްކޯ މަސްފިހާރަ ފަޅާލި މައްސަލާގައި އެކަކު ހައްޔަރު ކޮށް ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ، އެ ފިހާރަ ފަޅާލައިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 7:55 ހާއިރު ކަމަށެވެ. އެ ފިހާރަ ފަޅާލައި 41،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ އަޕްޑޭޓެއް ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" މިއަދު ވިދާޅުވީ، މި މައްސަލަ އާ ގުޅިގެން 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މިފްކޯ ފިހާރަ ފަޅާލާފައި ވަނީ ދޮރު ކުރިމަތީގައި ސަތަރި އެޅުމަށްފަހު ދޮރު މަތާލައިގެންނެވެ. އަދި ވައްކަން ކުރި މީހުން ވަނީ އެ ފިހާރައިގައި ހުރި ސީސީޓީވީ އަށް އަރާފަ އެވެ.

ފިހާރަ ފަޅާލައި 41،000 ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.