ޚަބަރު

ހުޅުލޭ އިރުއުތުރު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

އަލީ ޔާމިން

ހުޅުލޭ އިރުއުތުރު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނީ، ހުޅުލޭ އިރުއުތުރު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަނީ ހުޅުލޭގައި ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ ދަށުން ހުޅުމާލޭ އިރުއުތުރު ފަރާތުގެ ތޮށިލުމުގެ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

އެމްއޭސީއެލުން ބުނީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނަގަން އަންގާ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނުނަގައި ހުޅުލޭ އިރުއުތުރު ފަރާތުުގައި އުޅަނދުތައް އަޅާފައި ބެހެއްޓުމަކީ ކުރީއްސުރެވެސް މަނާކަމެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ.