ނ. ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ 88.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ވެލިދޫގެ ފަސް ކިލޯމީޓަރުގެ މަގުތަކުގައި ތާރު އެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާނު ގާއިމު ކުރުން ހިމެނެއެވެ. އޭގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއު ތެރޭގައި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު