އުރީދޫ މޯލްޑިވްސްގެ 11 ބުރީގެ އާ ކޮމާޝަލް އިމާރާތުގެ މަސައްކަތް ފަށައިފި އެވެ.
މި އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް އިފްތިތާހު ކޮށްދެއްވައިފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ނަޖީބް ހާންގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓް ޓީމުގެ މެންބަރުންގެ ހާޒިރުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އުރީދޫން ބުނީ ހުޅުމާލޭގައި އިމާރާތްކުރާ 6982.89 ސްކެއާ މީޓަރުގެ މި އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ވެސް ގާއިމު ކުރާނެ ކަމަށެވެ.
ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވޭ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، އެންޓަޓޭންމެންޓް އޭރިއާ، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ސެމިނާ ހޯލް، ޕާކިން އޭރިއާ އަދި އިތުރު އެތައް ހިދުމަތްތަކެއް މުވައްފުނަށް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ އާ ހެޑް އޮފީހުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު