އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ މާދަމާ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި ލޫގެ މި ދަތުރުގައި ފޮރިން މިނިސްޓްރީ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްއާ ބައްދަލުކުރައްވާނެއެވެ.
އޭގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ލީޑަރުންނާވެސް ލޫ ބައްދަލުކުރައްވާނެ ކަމަށް ބުންޏެވެ.
ރާއްޖެއަށް ފަހު ލޫ ދެން ވަޑައިގަންނަވާނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއަށެވެ. އަންނަ ބުދަ ދުވަހު ކުރައްވާ އެ ދަތުރުގައި ނޭޕާލުގެ ބޮޑުވަޒީރު ޝެރް ބަހާދުރް އާއި ސަރުކާރުގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ މަގާމު ކުރިން ފުރުއްވި އެލައިސް ވެލްސްވެސް ވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ވަޑައިގެންފައެވެ. އެ ދަތުރުގައި އެލައިސް ވަނީ އެ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު