ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ގައުމުގެ ކަންކަން ނިންމަމުން ގެންދިއުމަށް ސަރުކާރުގެ އިސް ވެރިންނަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އިލްތިމާސް ކުރައްވައިފިއެވެ.
ސިޔާމު މިކަމަށް އިލްތިމާސް ކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިހާގެ ހިތާބުގައެވެ.
ސިޔާމު ވިދާޅުވީ ޒަމާންވީ ރަސްކަމުގެ ނިޒާމަކަށްފަހު ރާއްޖެ، ޖުމްހޫރިއްޔަތަކަށް ބަދަލުވެ، މިއަދާ ހަމައަށް ވޭތުވެދިޔަ މުއްދަތުގައި ޖުމްހޫރިއްޔަތުގެ ތެރެއިން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.
މިގޮތުން ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން އިންތިހާއަށް އިތުރުކުރެވި، އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމަށް ލިބުނު ކުރިއެރުންތައް ފާހަގަކޮށްލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެގެން ތިބޭ ބައެއް ކަމަށާއި އެ އަމާނާތްތަކަށް ވަފާތެރިވެ، އިހުލާސްތެރިކަމާއެކު ހިދުމަތް ކުރަމުން ގެންދިއުމަށް އެފަރާތްތަކަށް ސިޔާމު ގޮވާލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު