ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން ބޮޑެތި ލޯނުތައް ނަގައިގެން ޕްރޮޖެކްޓުތައް ހިންގާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށްވާތީ، އެކަން ތަހުގީގުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޮވާލައްވައިފިއެވެ.
މިނިސްޓަރު އަމީރު މިކަމަށް ގޮވައިލެއްވީ 2022 ވަނަ އަހަރުގެ ބަޖެޓް ބަހުސްގައި ބަޖެޓާ ގުޅޭ ގޮތުން މެންބަރުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ކުރީގެ ސަރުކާރު އޮތް ދުވަސްވަރަކީ ރާއްޖޭގެ ތާރީހުގައިވެސް އިގުތިސާދު އެންމެ ރަނގަޅަށް އޮތް ދުވަސްވަރު ކަމަށާއި އެ ދުވަސްވަރު ދުނިޔޭގެ އިގުތިސޯދަށް އެއްވެސް މައްސަލައެއްވެސް ދިމާނުވާ ކަމަށެވެ. ނަމަވެސް ބޮޑެތި ލޯނުތައް ނަގައިގެން ޕްރޮޖެކްޓުތައް ހިންގާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ޕްރޮޖެކްޓުތަކުގެ ފެންވަރު ދަށްވެ، އެ ޕްރޮޖެކްޓުތައް މި ސަރުކާރުން އަލުން ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ސަރުކާރުން ހިންގި 14 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި މާލޭ މަގުތައް ހެދުމުގެ މަސައްކަތްތާއި މަޑަވެލި ހޯޑެއްދޫގެ މަސައްކަތް އަލުން ކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަނީ އެ މަސައްކަތްތަކާ އެކުގައިކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުޥީ، އެއީ ރާއްޖޭގެ މާލިއްޔަތަށް ލިބިފައިވާ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން އެކަންތައްތައް ތަހުގީގުކުރުމަށް ގޮވާލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު