އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ ޑަޔަލަސިސް ސެންޓަރުގައި މަސައްކަތް ކުރަމުން އައި އެ ނަރުސް މީހާ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ގެއަށް ދިޔައީ ބްރޭކަށެވެ. އޭގެ އިރުގަނޑެއް ފަހުން އޭނާގެ ފިރިމީހާ، އޭނާގެ ފުރާނަ ނެތް ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އަމިއްލައަށް ދަންޖެހި މަރުވީ ކަމަށް ބުނެއެވެ. ނަމަވެސް އެ މަރުގައި ޝައްކުތަކެއް ހުރުމުން ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
އޭނާ މަރުވި ގޮތް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދައިފައެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާއިންނެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު އަނބުރާ ރާއްޖެ ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.
ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މިއަދު ބުނީ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށާއި އޭނާ މަރުވެފައިވަނީ "ބްލަންޓް އިންޖުރީސް" ތަކެއްގެ ސަބަބުން ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
- ތޫނު އެއްޗަކުން ޖެހި ލިބޭ އަނިޔާ، މީގެ ތެރޭގައި ހަށިގަނޑުގެ ތެރެއަށް އެއްޗެއް ހެރުމުން ލިބޭ އަނިޔާ ނުހިމެނޭ
- އަތުން ނުވަތަ ދަނޑިގަނޑަކުން ޖެހުމުން ލިބޭ އަނިޔާ
- ބާރު މިނުގައި ގޮސް ފާރެއްގައި ޖެހުމުން ލިބޭ އަނިޔާ
- ބޯޅަ އަކުން ޖެހުމުން ލިބޭ އަނިޔާ
މަރުގެ މި މައްސަލައާ ގުޅިގެން ނަރުސް މީހާގެ ފިރިމީހާ ވަނީ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފައެވެ. އެ ފިރިހެން މީހާއަކީ އައިޖީއެމްއެޗް އިމަޖެންސީ ރޫމް (އީއާރު)ގައި މަސައްކަތްކުރާ ނަރުހެކެވެ. އަދި އެ ފިރިހެން މީހާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ހިފަހައްޓައި އޭނާއާއި ގުޅުންހުރި ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު