މާލޭގެ މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖެހި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު 16:03 ހާއިރު ކަމަށެވެ.
އެ މީހާ ހައްޔަރުކުރީ އިބްރާހިމް މިސްކިތަށް އަރައި، ހަތިމަކަށް ކުޅު ޖެހުމުން އެވަގުތު މިސްކިތުގައި ތިބި އާންމު ރައްޔިތުން ފުލުހަށް ރިޕޯޓް ކުރުމުންނެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރީ މީގެ ކުރިން ރައީސް އޮފީސް ދޮރުމައްޗާއި އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތުގެ ގޯތިތެރެޔަށް ކުޑަކަމު ދިޔަ މައްސަލައިގައި ހައްޔަރު ކުރުމަށްފަހު، ފަހުން ދޫކޮށްލި މ. ޝޭޑީހޯމް، ހަސަން ޒިޔާދެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން ވަނީ އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.
މީގެ އިތުރުން އޭނާ މަސްތުގެ ހާލަތުގައި ހުރެ މަގުމަތިންދާ މީހުންނަށް އުނދަގޫ ކުރާ މައްސަލައެއްވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
ޒިޔާދު ވަނީ މިދިޔަ ހަފުތާގައި މަޖީދިއްޔާ ސްކޫލު ކައިރީ ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތު ހަރިންމައިގެ ތެރެއަށްވެސް ކުޑަކަމުގޮސްފައެވެ. އޭނާ މިސްކިތުގެ ތެރެއަށް ކުޑަކަމު ދިއުމުން އެތަނުގައި ތިބި އާންމުން ވަނީ އޭނާ ހުއްޓުވައި ނަސޭހަތް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު