ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް އެމްޓީސީސީގެ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރު އެރަށަށް ގެންގޮސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ އެކްސްކަވޭޓަރު މިހާރު ވަނީ ހާޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް ހާބަރު ބޭސިންއަށް ގެންގޮސްފައި ކަމަށެވެ.
ރަސްމާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 8،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި އެރަށު ބަނދަރުގައި ނެރު ބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 28.1 މިލިއަން ރުފިޔާއެވެ.