ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޯހާނީ ކިޔާފައިވާ ''މަނިކެ މަގެ ހިތޭ'' އަށް ލިބެމުން އަންނަ މަގުބޫލުކަމަށް އަދިވެސް ފަނޑުވުމެއް ނެތެވެ. މިލަވަޔަށް ބޮލީވުޑުގައިވެސް ވަނީ ބޮޑު ތަރުހީބެއް ލިބެމުން އައިސްފައެވެ.
ކުރީގެ މިސް ޔުނިވާސް-ސްރީލަންކާ އަދި މިހާރުގެ ބޮލީވުޑް ބަތަލާ ޖެކޮލިން ފެނާންޑެޒް ވަނީ ލަންކާގައި ދުވަސްކޮޅެއް ހޭދަކުރަމުން އަންނައިރު ޔޯހާނީއާއެކު މިލަވަޔަށް ނަށާފައިވާ ވީޑިއޯ ކޮޅެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ޖެކޮލިން ހިއްސާކުރި ވީޑިއޯ އެތައް ބަޔަކު ބަލާފައިވާއިރު ގިނަ ބަޔަކު އަންނަނީ ލައިކް ކޮށް ކޮމެންޓްވެސް ކުރަމުންނެވެ.
އެ ލަވަޔަށް ތައުރީފުކޮށް ޔޯހާނީއާއެކު ނަގާފައިވާ ވީޑިއޯ ހިއްސާކުރަމުން ޖެކޮލިން ބުނެފައިވަނީ ލަންކާގައި އުޅޭ ނަމަ، އަދި ޔޯހާނީ އަތުޖެހިއްޖެނަމަ އޭނާއާއެކު އެލަވަޔަށް ނަށަން ޖެހޭނެ ކަމަށެވެ.
ބޮލީވުޑް އިންޑަސްޓްރީގައި ފައިހަމަކުރަމުން އަންނަ ޖެކޮލިންއަކީ ބަހްރޭން އަދި ސްރީލަންކާ އަށް ނިސްބަތްވާ މީހަކަށްވާއިރު އޭނާގެ އާއިލާ ދިރިއުޅެމުން އަންނަނީ ބަހުރޭންގައެވެ. ޖެކޮލިން އެންމެފަހުން ފެނިގެން ގޮސްފައިވަނީ ''ބޫތު ޕޮލިސް'' އިންނެވެ. އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އަކްޝޭ ކުމާރު އަދި ނުޝްރަތު އާއެކު ކުޅުމަށް ހަމަޖެހިފައިވާ ރާމް ސޭތޫގެ ފިލްމެއްގެ މަސައްކަތް ހިމެނެއެވެ.
ޔޯހާނީގެ މަނިކެ މަގެ ހިތެ ލަވަ ވަނީ ބޮލީވުޑްގެ ފިލްމެއްގައިވެސް ހިމަނަން ނިންމާފައެވެ. އިންދުރަ ކުމާރު ޑައިރެކްޓުކުރާ ފިލްމު ''ތޭންކް ގޯޑް'ގައި މި ލަވަ ހިމަނަން ނިންމާފައިވާކަން މީގެކުރިން ވަނީ އިއުލާނު ކޮށްފައެވެ. އަޖޭ ދޭވްގަން، ސިދާތު މަލޯތުރާ އަދި ރާކުލް ޕްރީތު ސިންގު ކުޅުމަށް ހަމަޖެހިފައިވާ މިފިލްމުގައި ޔޯހާނީ މި ލަވަ ހިންދީން ކިޔުމަށް ހަމަޖެހިފައިވާއިރު އޭގެ ހިންދީލަވަ ރަޝްމީ ވިރާގު ލިޔެ ތަނިޝްކު ބާޗީ ކޮމްޕޯޒުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް