ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހި ސިފައިން ދައްކުވައިދިނީ ގައުމީ ލޯބީގެ ފުރިހަމަ ނަމޫނާއެއް ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ނެރުއްވި ބަޔާނުގައި ވިދާޅުވީ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހި ސިފައިން އެދުވަހު ކުރި ޖިހާދަކީ އަބަދުގެ އަބަދަށް މިގައުމުގެ ރައްޔިތުން ޝުކުރުވެރިވާނެ، މަތިވެރި ޖިހާދެއް ކަމަށެވެ.
"3 ނޮވެމްބަރު 1998 ވީ ދުވަހު، ދިވެހިންގެ މަދު ބަޔަކާއި ސްރީލަންކާގެ ޕްލޯޓް ޖަމާއަތް ގުޅިގެން އަޅުގަނޑުމެންގެ މި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ގައުމު ދިފާއުކޮށް، ގައުމަށް ނަސްރު ހޯއްދަވައިދިނުމަށް މަސައްކަތް ކުރި ދިވެހި ސިފައިން އެ ދުވަހު ދައްކުވައިދިނީ ގައުމީ ލޯބީގެ ފުރިހަމަ ނަމޫނާއެއް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ މިއަދުވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު ބޮޑެތި ގޮންޖެހުންތައް މެދުވެރިވާ ކަމަށާއި އެފަދަ ނުރައްކާތަކުގެ މައްޗަށް ކާމިޔާބު ހޯދުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް އަމާން ގައުމެއްގެ ގޮތުގައި މި ގައުމު ބޭއްވުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ އަގުވަޒަން ކުރާ ކަމަށާއި އެ މަސައްކަތުގައި ދެމިތިބުމަށް ގޮވާލާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު