ކޮވިޑު ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ އަދަދު ފަސް މިލިއަނަށް އަރައިފިއެވެ.
ޖޯން ހޮޕްކިންސް ޔުނިވާސިޓީން ބުނެފައިވާ ގޮތުގައި ކޮވިޑު ފެނުނު ފަހުން ފާއިތުވި 19 މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 250 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.
އޭގެ ތެރެއިން ފަސް މިލިއަނަށް ވުރެ ގިނަ މީހުން އެބަލީގައި މަރުވެފައިވާ ކަމަށް އެ ޔުނިވަސިޓީން ބުނެއެވެ.
ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވީ އެމެރިކާގައެވެ. އެގައުމުގައި ކޮވިޑް ޖެހިގެން 745،800 މީހަކު މަރުވެފައިވެއެވެ. ކޮވިޑުގައި ދެވަނަށް އެންމެ ގިނަ މީހުން މަރުވީ ބްރެޒިލްގައެވެ. އެގައުމުގައި ކޮވިޑް ޖެހިގެން 607,824 މީހުން މަރުވެފައިވާއިރު، ދެން އެންމެ ގިނަ މީހުން މަރުވީ އިންޑިއާއިންނެވެ.
ހޮޕްކިންސް ޔުނިވަސިޓީން ބުނެފައިވާ ގޮތުގައި ކޮވިޑުގައި މަރުވާ މީހުން މިހާރު އަންނަނީ މަދުވަމުންނެވެ. ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވަނީ ކޮވިޑް ވެކްސިން ގިނަ ބަޔަކު ޖަހާފައިވާތީ ކަމަށްވެސް އެ ޔުނިވަސިޓީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު