މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީގެ ތަފުތަރުގައި ހިމެނުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިފައިވާ ގޮތަށް އައި ބަދަލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގައިވާގޮތުން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނޭން ވާނީ މަޖިލީހުން ފާސް ކުރާ ގޮތެއްގެ މަތިންނެވެ.
އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނުމުން ކޮމިޓީތަކަށް އައި ބަދަލު ތަކުގެ ތެރޭގައި ހިމެނެނީ، ހާރިޖީ ގުޅުން ތަކާ ބެހޭ ކޮމިޓީ އާއި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ) ގައި އެމްއެންޕީގެ މެންބަރެއްގެ ގޮތުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ހިމެނުމާއި، މާލިއްޔަތު ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އެ ޕާޓީގެ އެއް ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ރިޔާޒު ހިމެނުމާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއި މިނިވަން މުއައްސަސާ ބެހޭ ކޮމިޓީ އާއި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި އެ ޕާޓީގެ ދެވަނަ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހިމެނުމެވެ.
މި ބަދަލާއެކު އެހެން ބައެއް ބަދަލުތައް ވެސް ކޮމިޓީތަކަށް ވަނީ އައިސްފައެވެ. އޭގެ ތެރޭގައި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު ހިމެނުމުގެ އިތުރުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް އެމްޑީޕީގެ މެންބަރެއް ކަމުގައިވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ބަދަލު ކުރުން ވެސް ހިމެނެއެވެ.
މި ބަދަލުތަކަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހައި ވަނީ ފާސްކޮށްފައެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ