އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މޯދީ ހުންނަވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.
މޯދީ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި މޯލްޑިވްސް ނެޝަނަލްޕާޓީ (އެމްއެންޕީ)ގެ ލީޑަރު މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން އެ ޕާޓީތަކުގެ އިސް ބޭފުޅުންނާ ވެސް މޯދީ ވަނީ ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި މޯދީ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެ ފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ދެގައުމުން ހިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭ ކަމަށް ވެސް ވިދާޅުވިއެވެ.
މޯދީ މިއަދު ވަނީ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެ ޕާޓީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވައިފައެވެ.
އަރި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އާވެސް އެމަނިކުފާނު ބައްދަލު ކުރެއްވިއެވެ.
ރައީސުލްްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މޯދީ އިއްޔެ ރާއްޖެ ވަޑައިގެންނެވީ، މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އިބްރާހިމް ޒަކީ
ބޯހިޔާވަހިކަން
އައިފޯން
ރައްޔިތުންގެ މަޖިލިސް
ކުޑަކުދީން