ދެހާސް ބާވީސް ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 600 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވާ ގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް 4000 ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ހޭދަކުރާނެއެވެ. ނޭޝަނަލް ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އަލަށް ފަށާ ހައުސިން ޔުނިޓުތަކަށާއި ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ މަޝްރޫއުތަކަށް 449 މިލިއަން ރުފިޔާ ހޭދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓަށް ބޭނުންވާ އިތުރު ފައިސާ ސައުދީ ފަންޑުން ހޯދާނެ ކަމަށް ބަޖެޓުގައި ވަނީ ބުނެފައެވެ. ސައުދީ ފަންޑުގެ ލޯނުގައި ހިނގަމުންދާ އެފޯޑަބަލް ހައުސިން ޕްރޮޖެކްޓުގެ ދަށުން 57 މިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުން މިހާރު ހިނގަމުންދާ މ. ކޮޅުފުށި، ބ. ތުޅާދޫ، ޅ. ނައިފަރު، ތ. ތިމަރަފުށީގައި 100 ހައުސިން ޔުނިޓުގެ މަޝްރޫއުތަކަށް 24 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވެއެވެ. އަދި ހދ. ކުޅުދުއްފުށީގައި 105 ހައުސިން ޔުނިޓު އެޅުމަށް 7.9 މިލިއަން ރުފިޔާ ވެސް ވަނީ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
މި ޕްރޮޖެކްޓުތަކުގެ އިތުރަށް މިހާރު ކުރިއަށްދާ މަޝްރޫއުތަކާއެކު ޖުމުލަ 2.4 ބިލިއަން ރުފިޔާ ހޭދަކުރަން ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު