އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 1.1 އިންސައްތައިގައި ކަމަށާއި، މިއީ ނިސްބަތުން ދަށް، ކޮންޓްރޯލް ވެފައިވާ އިންފްލޭޝަން ރޭޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރު އެވްރެޖްކޮށް ހުންނާނެ ކަމަށް މަރުކަޒީ ބޭންކުން އެމްއެމްއޭއިން ލަފާކޮށްފައިވަނީ 0.7 އިންސައްތައިގައި ކަމަށެވެ.
އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 1.1 އިންސައްތައިގައި ކަމަށާއި، ނަމަވެސް ދުނިޔޭގެ އިގުތިސޮދު ބާރު ސްޕީޑުގައި ބައުންސްބެކް ވަމުން ދިއުމުން ސަޕްލައިޗޭނަށް އައިސްފައިވާ ޕްރެޝަރާއެކު ކުރު ރާސްތާގައި އިންފްލޭޝަން މައްޗަށް ދިއުމުގެ ހިރާސް އޮތްކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތަށް ލަފާ ކުރެވުނު ނަމަވެސް، މެދުރާސްތާގައި މި ހިރާސް ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް 2020 ވަނަ އަހަރު ހުރީ ރިކޯޑް މިންވަރަކަށް މަތީގައި ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން އެހެންވީ އިމްޕޯޓް ދަށްވުމާއި، ރިޒާވަށް އައިސްދާނެ ލޮޅުމަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމުން ކަމަށެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު