ކޮވިޑް 19 ގައި އޮތް ލޮކްޑައުންގެ ހާލަތުގައި "ވޯކް ފްރޮމް ހޯމް" އަކީ ކުރެވިދާނެ ކަމެއްކަން އެންމެން ގަބޫލުކޮށްފި ކަމަށް މިނިސްޓާ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ "ވަން" އޮންލައިންގެ "އެކްސްކްލޫސިވް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ، އިންޓެތް ބޭނުން ކޮށްގެން އެމީހަކު ތިބި ތަނެއްގައި ތިބެގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ވިސްނާއިރު، އެއްމެ މުހިއްމު އެއް ކަމަކީ އެއީ ކުރެވިދާނެ ކަމެއް ކަމަށް އެންމެން ގަބޫލު ކުރުން ކަމަށެވެ.
"ކޮވިޑާ އެކީގައި އަޅުގަނޑުމެން އެންމެނަށް ވެސް ދަސްވެެގެން ހިނގައްޖެ ވޯކް ފްރޮމް ހޯމް އަކީ، ކުރެވިދާނެ ކަމެއްކަން، އެއީ އެންމެ މުހިއްމު އެއްކަމަކީ، ހަގީގަތުގައި ކަމެއް ކުރާއިރު، އާ ސިޔާސަތެއް ތައާރަފު ކުރާއިރު، އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ މައިންޑްސެޓް ބަދަލު ނުވާތީ އެހެންވީމަ މިހާރު އެ މައިންޑްސެޓް ބަދަލުވެއްޖެ،"
މިނިސްޓަރު ވިދާޅުވީ، ދެން އޮތީ ސަރުކާރާއި އާއްމު ފަރާތްތަކުން އެކުގައި މަސައްކަތް ކޮށްގެން އެފަދަ ހިދުމަތްދޭ ފަރާތްތަކާއެކު މަސައްކަތްކޮށް، އެ ހިދުމަތް އަޅުގަނޑުމެންނާ ހަމައަށް ގެނައުން ކަމަށެވެ.
ދެން އޮތީ އެންމެން މަސައްކަތް ކޮށްގެން ހިދުމަތް ދޭ މީހުންނާ އެކީ އެ ޓެކްނޮލޮޖީ އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދިނުން، ދެން އަޅުގަނޑުމެންގެ އޮފީހުންވެސް އަޅުގަނޑަށް އައި ރިކުއެސްޓެއް އެބޭފުޅުން ބޭނުންވީ ރަށުގައި ތިއްބަވައިގެން މަސައްކަތް ކުރެއްވުމަށް، އެ ފުރުސަތު ވެސް އަޅުގަނޑުވާނީ ފަހި ކޮށްދީފަ،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ކަމަކީ ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ. ސަރުކާރުގެ މުއައައްސަސާތަކާއި، ވެރިންނާއި މުވައްޒަފުންވެސް އެއީ ކުރެވިދާގެ ކަމެއްކަމަށް މިހާރު ގަބޫލު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އާމިނަތު ޝައުނާ، މިނިސްޓާ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭން އެންޑް ޓ
އާމިނަތު ޝައުނާ، މިނިސްޓާ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭން އެންޑް ޓ
އާމިނަތު ޝައުނާ، މިނިސްޓާ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭން އެންޑް ޓ
އާމިނަތު ޝައުނާ، މިނިސްޓާ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭން އެންޑް ޓ