ވިލިމާލޭގައި މޫދަށް އެރިއުޅެނިކޮށް ގެނބެމުންދިޔަ ނޭޕާލްގެ މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ، ވިލިމާލޭ ބީޗް ސަރަހައްދުގައި މޫދަށް އެރި އުޅުނު 39 އަހަރުގެ ނޭޕާލް ފިރިހެނަކު ގެނބިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތެއް މިއަދު 17:41 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
ގެނބެމުންދިޔަ މީހާ ސަލާމަތް ކުރީ އެ ސަރަހައްދުގައި އެވަގުތު ހުރި ފުލުހެއް ކަމަށްވެސް ބުންޏެވެ. އަދި އެމީހާ ސަލާމަތްކޮށްފައި ވަނީ ވިލިމާލޭގެ ބޯޓް ޔާޑާ ދިމާ ކަނޑުން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު