ރާއްޖޭގެ އެންމެ ފުޅާ ދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ދިރާގުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފިއެވެ.
ދިރާގުން ބުނީ، އަންނަ މަހުގެ 15ގެ ކުރިން ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ހިދުމަތަށް އެދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޖުމުލަ 50،000 ރުފިޔާ ލިބޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ރުފިޔާ ލިބިގެންދާ އިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000 ރުފިޔާ އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓާ އެއްވެސް ލިބިގެންދާނެ ކަމަށާއި އަދި ދިރާގުޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ޖޯއިބޮކްސް (ޑީކޯޑާ) އެއްވެސް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ދިރާގުން އިތުރަށް ބުނީ، މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކާއި ގުޅާލުމަށާއި އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓް، އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގުޓީވީގެ ހިދުމަތް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު